"83"ގައި ދީޕިކާ އާއި ރަންވީރު ވަރަށް ތަފާތު!

ފިލްމުގައި ދީޕިކާ އާއި ރަންވީރު ފެނިގެންދާ ގޮތް---

ކައިވެންޏަށް ފަހު ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމު "83"ގައި ދެތަރިން ފެނިގެންދާ ގޮތް ދައްކާލައިފިއެވެ.

ކަބީރު ޚާން ޑައިރެކްޓްކުރާ އެ ފިލްމަކީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ގެނެސްދިނުމަށް ނިންމާފައިވާ ފިލްމެކެވެ. ފިލްމުގެ ޕޯސްޓަރުގައި ދެތަރިން ފެނިގެންދަނީ ވަރަށްވެސް ތަފާތުކޮށެވެ. އެ ޕޯސްޓަރަށް ގިނަ ބަޔަކު އަންނަނީ ތަރުހީބުދެމުންނެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ފިރިހެން ލީޑަކީ ރަންވީރު ސިންހް އެވެ. އަދި އަންހެން ލީޑަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯންއެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިންއެވެ.

މި ފިލްމު ތެލުގޫ އަދި ތަމިލް ބަހުން ވެސް ރިލީޒްކުރާނެ އެވެ.

comment ކޮމެންޓް