އިންޑިއާ ކުންފުންޏަކާއެކު ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމެއް ބާތިލުކޮށްފި

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރަން އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ އެލްއީ ޓްރިވެނީ ޖޭވީއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ހެދި އެއްބަސްވުމެއް ބާތިލުކޮށްފިއެވެ.

ޅ. ނައިފަރުދަމާރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގެ ނިޒާމު ގާއިމުކުރުމަށް ލަކީ އެކްސްޕޯޓްސް އެންޑް ޓްރެވަނީއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހު އެވެ. 148.9 މިލިއަން ރުފިޔާއަށް ހަވާލު ކުރި އެ މަސައްކަތް ނިންމާލުމަށް އެއްބަސްވެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައެވެ.

އެ މަސައްކަތް ހަވާލު ކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އަދިވެސް ހުރިހާ މަސައްކަތެއް ނިމިފައި ނުވެއެވެ.

އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކޮށްފައިވާކަން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި އެ އެއްބަސްވުން އުވާލީ އެއްބަސްވި މުއްދަތުގެ ތެރޭގައި މަސައްކަތް ނިމިފައި ނުވާތީއެވެ.

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތްކުރަން ހަވާލުކުރީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓު (އޯއެފްއައިޑީ)އާއި އިސްލާމިކް ޑިވޮލޮޕްމެންޓް ބޭންކް (އައިޑީބީ)އިން ފައިސާ ހަމަޖެހިގެންނެވެ.

އެކި އެކި ފަރާތްތަކާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ކުރީގެ ސަރުކާރުތަކުން ބާތިލުކުރުމުން ދައުލަތުން ބޮޑެތި ބަދަލު ދޭން ޖެހޭތީ އާންމުން ކަންބޮޑުވެއެވެ. އެގޮތުން ބޭރުގެ ކުންފުނިތައް ކަމަށްވާ ޖީއެމްއާރް އާއި ނެކްސްބިޒްއިން އާބިޓްރޭޝަނަށް ގޮސްގެން ދިވެހި ދައުލަތުން ބޮޑެތި ބަދަލުތަކެއް ހޯދާފައިވެއެވެ.

comment ކޮމެންޓް