ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލާ ސަރަަހައްދު މުނިފޫހިފިލުވާނެ ސަރަހައްދަކަށް

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ސަރަަހައްދު ---

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވާލާ ސަރަަހައްދު މުނިފޫހި ފިލުވާ ސަރަހައްދުގެ ގޮތުގައި ތަަރައްގީކުރަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކުރި ވީޑިއޯ އެއްގައި، އެ ސަރަހައްދު ތަރައްގީ ކުރާނެ ގޮތް ވަނީ ދައްކާލައިފަ އެވެ. އެކުންފުނިން ބުނީ "ދަ ޗެނަލް ޕާކް ބޮލެވާޑް"ގެ ނަމުގައި ތަރައްގީ ކުރާ އެ ސަރަހައްދު ތަރައްގީ ކުރަނީ އާންމުންނަށް މުނިފޫހި ފިލުވޭނެ އިންތިޒާމުތަކާ އެކު ކަމަށެވެ.

އެގޮތުން ސްކޭޓް ޕާކާއި، ރީވިން ކްލަބް، ފިޝިން ޑެކްސް އަދި ރެސްޓޯރެންޓު ފަދަ އިތުރު ހިދުމަތްތައް ވެސް އެ ސަރަހައްދުގައި ގާއިމް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސަރަހައްދު ތަރައްގީ ކުރުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި އޮންނަ ބާބަކިޔު އޭރިއާ ވަނީ ބަންދުކޮށްފަ އެވެ. ބާބަކިޔު އޭރިއާ ދެން ގާއިމް ކުރާނީ ކޮން ސަރަހައްދެއްގައިކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލުމަށް ފަސް ބްރިޖެއް އަޅާއިރު ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ އިންނެވެ. އެ މަސައްކަތް ކުރުމަށް ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ވަނީ 80 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

comment ކޮމެންޓް