ބިމު އަޑިން ފެނުނީ ފާރެއް، ހަދާފައި ހުރީ އިންސާނުންގެ ކަށިން

އިންސާނުންގެ ކަށިގަނޑުން ހަދާފައިވާ ފާރުތައް ފެނިފައިވަނީ ބެލްޖިއަމްގެ ކެތީޑްރަލްއެއް ހުރި ފޫޓުން --- ފޮޓޯ : ބްރަސް؛ލްސް ޓައިމްސް

ބެލްޖިއަމްގައި ހުރި ކެތީޑްރަލް އެއްގައި ހަރަކާތްތެރިވި އާކިއޯލޮޖިސްޓުންތަކަކަށް، އިންސާނުންގެ ކަށިން ހަދާފައިވާ ފާރުތަކެއް ބިމު އަޑިން ފެނިއްޖެ އެވެ.

ހުޅަނގު އުތުރު ބެލްޖިއަމްގެ ގެންޓްގައި ހުރި ކެތީޑްރަލް ސަރަހައްދުގައި ހަރަކާތްތެރިވި ފަރާތްތައް މަސައްކަތްކުރަމުން ދިޔައީ ފަތުރުވެރިންނަށް ހާއްސަ ސެންޓަރެއް ގާއިމުކުރުމަށެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ކެތީޑްރަލް ސަރަހައްދުގެ ބިމު އަޑިން ފެނުނު މަންޒަރުން ގިނަ ބަޔަކު ވަނީ ސިއްސުވާލާފައެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ބްރަސެލްސް ޓައިމްސް" އިން ބުނެފައިވަނީ އިންސާނުގެ ކަށިގަނޑުން ހަދާފައިވާ ފާރުގައި ބޭނުންކޮށްފައިވަނީ އިންސާނާގެ ފަލަމަސްގަނޑުގެ ކަށިގަނޑުތައް ކަމަށެވެ. އަދި އެ ކަށިގަނޑުތައް ވަނީ ބަރިބަރިއަށް ޖަހާފައެވެ. ފަލަމަސްގަނޑުގެ ދެމެދުގައި ހުރި ހުސްތަންތަނުގައި ބޭނުންކޮށްފައިވަނީ އިންސާނުންގެ ބޮލު ކަށިގަނޑު ފުނޑުކޮށްފައި ކަމަށް ބްރަސެލްސް ޓައިމްސް އިން ބުނެއެވެ.

އެ ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު ޖެނީކް ޑި ގްރީސް ބުނީ އެ ކަށިތައް އެ ސަރަހައްދުން ނަގާނެ ކަމަށާއި އެތަން ފަތުރުވެރިންނަށް ބަލާލެވޭނެ ތަނަކަށް ނުހަދާނެ ކަމަށެވެ.

އާކިއޯލޮޖިސްޓުން ގަބޫލުކުރާގޮތުގައި އެ ކަށިތަކަކީ ކެތީޑްރަލްގެ ބޭރުގައި ހުރި ގަބުރުސްތާނަކުން ނަގާފައިވާ ކަށިތަކެކެވެ.

"މިސާލަކަށް ކެތީޑްރަލްގެ ބޭރުގައި ހުރި ގަބުރުސްތާނުން ކަށިތައް ނަގާއިރު އެ އުކައެއް ނުލެވޭނެ. އެއްބައި ފަރާތްތަކުން ގަބޫލުކުރާގޮތުގައި އިންސާނުންގެ ކަށިގަނޑަކީ އޭނާ އެނބުރި ދުނިޔެއަށް އައުމަށް މުހިއްމު އެއްޗެއް،" އޭނާ ބުންޏެވެ.

އާކިއޯލޮޖިސްޓުން ބުނެފައިވަނީ އެ ކަށިގަނޑުތަކުގެ ތެރޭގައި އެއްވެސް ކުޑަކުއްޖެއްގެ ކަށިގަނޑެއް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކަށިތަކަކީ އުމުރުން ދުވަސްވެގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ މަރުވުމަަށްފަހު ވަޅުލި މީހުންގެ ކަށިތައް ކަމަށް ލަފާކުރެވޭ ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު