ސައިކަލު ކަހާލައި ހިނގި އެކްސިޑެންޓެއްގައި މީހަކު ހޭނެތިއްޖެ

މީގެކުރިން މާލޭގައި ހިނގި އެކްސިޑެންޓެއް -- ސަން ފައިލް ފޮޓޯ

މިއަދު މާލޭގައި ސައިކަލެއް ކަހާލައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ހޭނެތިގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު 15:30 އެހައިކަންހާއިރު ދަރުބާރުގެ އާއި މޫންލައިޓު ހިނގުން ގުޅުނު ކަންމަތިން ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު ކަހާލައިގެން ވެއްޓިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނަ އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭނާރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.

ސައިކަލު ކަހާލައި ވެއްޓުމުގެ ސަބަބުން އޭނާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. އަދި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް