"ހީރޯޕަންތީ" ގެ ސީކުއަލެއް، މިފަހަރު ވެސް ޓައިގާ

ޓައިގާ ޝްރޮފް---

ދެހާސް ސާދަ ވަނަ އަހަރު ނުކުތް ފިލްމު "ހީރޯޕަންތީ"ގެ ސީކުއަލެއް ހަދަން ނިންމައިފިއެވެ.

ބަތަލު ޓައިގާ ޝްރޮފް ބޮލީވުޑަށް ނުކުތް އެ ފިލްމުގެ ސީކުއަލެއް ހަދަން ނިންމިއިރު އެ ފިލްމުގެ ސީކުއަލްގައި ވެސް ހަރަކާތްތެރިވާނީ ޓައިގާ ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އޭނާ ފިލްމުގެ މަސައްކަތްކުރާނީ މިހާރު މަސައްކަތްކުރަމުންދާ "ބާގީ3" އަށްފަހުއެވެ.

ހީރޯޕަންތީ 2 ޑައިރެކްޓްކުރާނީ އަހްމަދު ހާންއެވެ. ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ބުނީ އެ ފިލްމުގެ ސީކުއަލެއް ހެދުމަށް މަސައްކަތްކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި އެ ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު އެއްކޮށް ލިޔެ ނިމިފައިވާ ކަމަށެވެ.

ހީރޯޕަންތީ ގައި ޓައިގާ އާއެކު ހަރަކާތްތެރިވާނީ ކްރިތީ ސެނަންއެވެ.

އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ރިލީޒްކުރާ ބާގީ 3 ގައި ޓައިގާ އާއެކު ހަރަކާތްތެރިވާނީ ޝްރައްދާ ކަޕޫރެވެ. މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދިޔައީ ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ. ބާގީ 3ގައި ދިޝާގެ ވަރަށް ފޯރިގަދަ ލަވައެއް ހިމަނާފައިވެއެވެ. އަދި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތެހީގެ ލަވައެއްވެސް ހިމަނަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް