ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުން ބަކްގެ ޖަލު ހުކުމް 17 އަހަރަށް އިތުރުކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުން ބަކް 17 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ:

ސޯލް (ފެބްރުއަރީ 19): ދެކުނު ކޮރެއާގެ ކުރީގެ ރައީސް ލީ މިޔުން ބަކްގެ ޖަލު ހުކުމް 17 އަހަރަށް އިތުރުކޮށްފި އެވެ.

ދެކުނު ކޮރެއާގައި 2008އިން 2012އަށް ވެރިކަން ކުރެއްވި ލީ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ފަހެއް އޮކްޓޯބަރު 2018ގަ އެވެ. އެއީ އޭނާގެ މައްޗަށް ރިޝްވަތު ނެގުމާއި މަކަރާއި ހީލަތް ހެދުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ވުމުންނެވެ.

އެ ހުކުމް އިސްތިއުނާފަށް ހުށަހެޅި ފަހުން، މިދިޔަ އަހަރުގެ މާޗް މަހު ލީ ވަނީ ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލާފަ އެވެ. ނަމަވެސް އިއްޔެ ކޯޓުން ވަނީ ލީގެ ހުކުމް އިތުރުކޮށް، 11 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އޭނާ އަނެއްކާވެސް ހައްޔަރު ކުރަން އަމުރުކޮށްފަ އެވެ.

މީގެ ކުރިން ދެކުނު ކޮރެއާގައި 2013 އިން 2017އަށް ވެރިކަން ކުރެއްވި ރައީސާ ޕާކް ގުން ހޭގެ މައްޗަށްވެސް ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ރިޝްވަތާއި ކޮރަޕްޝަނާއި މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާގައި އެކަމަނާ ޖަލަށް ލާން ފުރަތަމަ ހުކުމް ކުރީ އޭޕްރިލް 2018އިގައި، 24 އަހަރަށެވެ. ނަމަވެސް އެހުކުމް އިސްތިއުނާފު ކުރުމުން އެ މުއްދަތު ވަނީ 25 އަހަރަށް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް