ރައީސް ޔާމީން މާލެ ގެނެސް ހިތުގެ ޑޮކްޓަރަކަށް ދައްކައިފި

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޖަލަށްލާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ.

ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިސަރު މިއަދު "ސަން"އަށް ވިދާޅުވީ ރައީސް ޔާމީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ރައީސް ޔާމީން އަދިވެސް ހުންނެވީ އައިޖީއެމްއެޗްގައި ޑޮކްޓަރަށް ދެއްކުމަށް ގެނެސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޔާމީން މާލެ ގެނެސް ދައްކާފައި ވަނީ ހިތުގެ ޑޮކްޓަރަކަށެވެ.

މަނީ ލޯންޑްރިންގެ މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ، ފަސް އަހަރު ދުވަހަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހައިކޯޓްގައި ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް