މިދިޔަ މަހު ޑެންގީ ޖެހުނު އަދަދު ދަށް، ރޯގާ އިތުރު: އެޗްޕީއޭ

16 މާޗު 2016: އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ޑެންގީ ޖެހުނު އަދަދު ދަށްވެފައިވާ ކަމަށާއި އެހެން ނަމަވެސް ރޯގާ ޖެހުނު އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 70 ކޭސްއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ޑެންގީ ޖެހިގެން 215 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ޑެންގީ ފަދަ ބަލިތައް މަދުވިޔަސް އެ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގީ ރިޕޯޓްކުރި އަދަދު މަދުވިޔަސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަން ފާޙަގަވެފައިވާ ކަަމަށް އެޗްޕީއޭއިން ބުންޏެވެ.

އެގޮތުން މިދިޔަ މަހު 21،248 އަރިދަފުސް ރޯގާގެ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 18،969 ކޭސް އެވެ.

އެހެންކަމުން އަރިދަފުސް ރޯގާއަށް ސަމާލުވެ ރޯގާއިން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހިއަޅާ އިރު ރުމާލެއް އެޅުމާއި ސައިބޯނިލައިގެން އަތްދޮވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެ އިތުރުން ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް