ތެޔޮ ބައުޒަރާއި ސައިކަލް ޖެހުނު މަންޒަރު ދުށް މީހުން ފުލުހުން ހޯދަނީ

ފިއުލް ބައުޒަރަކާ ސައިކަލެއްޖެހި އެކްސިޑެންޓްވެފައި---ފޮޓޯ: ފުލުހުން

މިދިޔަ ހޮނިހިރު ދުވަހު، ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވި މަންޒަރު ދުށް މީހުން ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ އެކްސިޑެންޓް ހިނގައިފައިވަނީ ހައިވޭއިން ހުޅުމާލެއަށް ފައިބާ ކޮޅުގަ އެވެ.

އެ ހާދިސާގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެ އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާވެސް ދިނެވެ.

އެ ހާދިސާގައި ތެޔޮ ބައުޒަރަށާއި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. އެ އެކްސިޑެންޓްގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ސައިކަލުގެ އެއްބައި އޮތީ ތެޔޮ ބައުޒަރުގެ ދަށުވެފަ އެވެ.

އެ ހާދިސާގެ މައުލޫމާތު އެނގޭ އެއްވެސް މީހަކު ޓްރެފިކް ޕޮލިސްގެ ނަންބަރު 9660183 އާ ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް