"ނޮވެމްބަރު" އަންނަނީ، ޖުލައި ހައެއްގައި

ފިލްމު ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ނޮވެމްބަރު" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރާނީ ޖުލައި ހަވަނަ ދުވަހުއެވެ. އެ ފިލްމުގެ ޝޫޓިންތައް ނެގީ ސިންގަޕޫރު އަދި އައްޑޫގައެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

"ނޮވެމްބަރު" ގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ސިންގަޕޫރުގެ މަލަމަތި ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ އެ ޕޯސްޓަރުން ފެންނަނީ ލީޑު ތަރިން ކަމަށްވާ ޖުމައްޔިލް އާއި މަޖުދާއެވެ. ހޫދު އިބްރާހިމް އެ ފިލްމުގެ ޕޯސްޓަރު ތައްޔާރުކޮށްފައިވާއިރު އެ ޕޯސްޓަރުގެ ފޮޓޯ ނެގީ އަހްމަދު ޝިނާން އެވެ.

ޑާކްރެއިން އެންޓަޓެއިން އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިލްމު ކުންފުންޏެކެވެ.

comment ކޮމެންޓް