އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރު ރާއްޖެ އަތުވެއްޖެ

ރަހުމަތްތެރިކަމުގެ ދަތުރެއްގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ރާއްޖެ އައިސްފައި ވަނީ "އައިސީޖީއެސް ވީރާ" އަދި "އައިސީޖީއެސް އަބީކް" އެވެ.

އެމްއެންޑީއެފް އިން ބުނީ މި ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ ރަހުމަތްތެރިކަމުގެ ދަތުރެއްގައި ކަމަށާއި، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް މަނަވަރުތައް ރާއްޖޭގައި މަޑުކުރާނެ ކަމަށެވެ.

މިއަދު އިންޑިއާގެ ދެ މަނަވަރު ރާއްޖޭގައި ބަނދަރުކޮށްފައި ވާއިރު، މި މަހުގެ 11 އިން 16 އަށް އިންޑިއާ އަސްކަރިއްޔާގެ މަނަވަރު "އައިއެންއެސް އައިރަވަތު" ވަނީ ރާއްޖެ އައިސްފަ އެވެ.

ރަހުމަތްތެރިކަމުގެ ހަރަކާތްތަކުގެ ދަށުން އެކި ގައުމުގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް އާދެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުގައި ޖަޕާނުގެ ދެ އަސްކަރީ މަނަވަރު ރާއްޖެ އައިސްފައިވެ އެވެ.

އޮކްޓޫބަރުގައި ޖަޕާނުން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ނަމަކަށް ކިޔާ ދެ މަނަވަރެވެ.

comment ކޮމެންޓް