ޕީބީސީއަށް ރައީސް ފޮނުވި 7 ނަމަށް ރުހުން ދިނުމަށް ފާސްކޮށްފި

ޕީބީސީގެ ރައީސް ކަމަށް އައްޔަނުކުރެއްވި ހަސަން ވަހީދު --

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހަތް ނަމަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ރައީސް ސޯލިހް އެ ހަތް ބޭފުޅުން ބޯޑަށް އައްޔަން ކުރެއްވީ މިދިޔަ ސެމްޓެމްބަރު މަސް ތެރޭގަ އެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މަޖިލީހުގެ ހަތް ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފާސްކުރީ 60 އަށް ވުރެ ގިނަ ވޯޓާއެކު އެވެ.

ޕީބީސީގެ ރައީސްއަކަށް އައްޔަން ކުރުމަށް ރުހުން ދީފައި ވަނީ ހަސަން ވަހީދު، ކުދިމާގެ، ގދ. ތިނަދޫ އަދި ނައިބު ރައީސް ކަމަށް އާސިމް މުހައްމަދު، ގ. މެޒަރިން، ކ. މާލެ އަށެވެ. އޭގެ އިތުރުން ދެން ރުހުން ދީފައި ވަނީ ރައީސް ސޯލިހް އެ ބޯޑުގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ފަސް ބޭފުޅުންނަށެވެ. އެ ފަސް މެމްބަރުން ހާއްސަ ވަނީ ފަސް ދާއިރާއަށެވެ.

މެމްބަރު ކަމަށް އައްޔަންކޮށް، ރުހުން ލިބުނު ފަސް ބޭފުޅުން:

  1. އާއިޝަތު ޝާޒުލީ، މ.ސެވޯއީ/ ކ. މާލެ - (އެކައުންޓިންގް އެންޑް ފައިނޭންސްގެ ދާއިރާ)
  2. ރުޝާހާ އަހަމަދު ޝަރީފް، ހ. އޮއިސިސްވިޔު/ ކ. މާލެ - (ބޭންކިން ދާއިރާ)
  3. އަލީ ޝަފީއު، މ. ހުދުކަނީރުގެ/ ކ. މާލެ - (ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ)
  4. އަލީ ޝުޖާއު، ފަހަލަ، ޅ. ހިންނަވަރު - (ގާނޫނީ ދާއިރާ
  5. އަޙްމަދު ޝަރީފް ޔޫސުފް (އިކޮނޮމިކްސް ދާއިރާ)

ޕީބީސީ އަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ ބޮޑީއެކެވެ.

comment ކޮމެންޓް