ރައީސްގެ ކާރުކޮޅަށް ފެންއެއްޗެއް ބަންޑުކޮށްލީ ގަސްދަކުނޫން: ފުލުހުން

ސެޕްޓެމްބަރު 12، 2019: ރައީސް ސޯލިހް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކާރުކޮޅު މައްޗަށް ފެން އެއްޗެއް ބަންޑުންކޮށްލީ ގަސްދުގައި ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ރައީސް ކާރު ކޮޅު މައްޗަށް ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓްއަކުން ފެން އެއްޗެއް ބަންޑުންކޮށްލި ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ވަނީ ތަހުގީގްކޮށްފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު ރައީސްގެ ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަަލަ ބެލި އިރު އެ ހާދިސާ ހިނގައިފައި ވަނީ ޓެރަސް މަތީގައި ހުރި ގަސްތަކަށް ފެން ދިނުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ގަސްދުގައި ކޮށްފައިވާ ކަަމެއް ނޫންކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް