އައްޑޫ އެއާޕޯޓްގައި އޮތް އެސްޓީއޯގެ ހިއްސާތައް ދޫކޮށްލައިފި

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭއައިއޭގައި، އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1،000 ރުފިޔާގެ 40،000 ހިއްސާ ކަމަށެވެ.

އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ ހުރިހާ ހިއްސާއެއް ވަނީ އެކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެކުންފުނީން ބުނެފައިވަނީ އޭއައިއޭގައި ހިމެނޭ ކުންފުނީގެ ހުރިހާ ހިއްސާއެއް ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް އަކީ ދިވެހި ދައުލަތާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެސްޓީއޯގެ ހިއްސާ ހިމެނޭގޮތަށް 2011 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެކެވެ.

comment ކޮމެންޓް