ލީސާ ހޭޑަން އަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް

ލީސާ އަށް ލިބުނު ދަރިފުޅަށް ކީ ލިއޯ---

ބޮލީވުޑް އެކްޓްރެސް ލީސާ ހޭޑަން އަދި އޭނާގެ ފިރިމީހާ ޑީނޯ ލާލްވާނީ އަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ދެވަނަ ދަރިއަކަށް ބަލިވެ އިންކަން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ލީސާ ހިއްސާކުރި އިރު އޭނާގެ ފުރަތަމަ ދަރިފުޅު އޭނާ އަށް ލިބުނީ 2017 ވަނަ އަހަރު އެވެ. ދެމަފިރިންނަށް ދެވަނަ ކުއްޖެއް ލިބުނުކަން ހާމަކޮށްފައި ވަނީ ލީސާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ޒެކް ލާލްވާނީ ވެސް ފެނިގެންދެ އެވެ. ދެވަނަ ދަރިފުޅަށް ކީ ލިއޯ ލާލްވާނީ އެވެ.

ކާމިޔާބު މޮޑެލް ލީސާ ވަނީ 'ކުއީން'، 'އައިޝާ'، 'އޭ ދިލް ހޭ މުޝްކިލް'، ؛ހައުސްފުލް 3' އަދި 'ދަ ޝައުކީންސް' ފަދަ ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.

ލީސާ އާއި ޑީނީ ކައިވެނި ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ދެމީހުން ކައިވެނި ކުރީ އެއް އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އެވެ.

comment ކޮމެންޓް