އޭޑީކޭއިން ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ފަށައިފި

އޭޑީކޭއިން ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ފެށުން--- ފޮޓޯ: އޭޑީކޭ

އޭޑީކޭއިން ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް ފަށައިފިއެވެ.

އޭޑީކޭގެ ހޮސްޕިޓަލްގެ މޭނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "ސަން" އަށް ވިދާޅުވީ މިއީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިތައް ބްލޮކްވުން ފަދާ ހާލަތްތައް މެދުވެރިވުމުގެ ކުރިން އެކަން ދެނެގަނެ ދެވޭ ފަރުވާއެއް ކަަމަށެވެ.

އެގޮތުން އެފަދާ ހާލަތްތަކުގައި ބްލޮކްވާން ކައިރިވެފައިހުރި ލޭހޮޅިތައް ދެނެގަނެ އެކި މައުދަންތައްކުން ހަދާފައި ހުންނަ ސްޓެންޓް ލައްވައި ނުނީ ކްލިޕް ކުރުން މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ކުރެވޭނެކަމަށް އަފްއާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ މުޅި ރާއްޖެއަށްވެސް މުޅިން އާ ހިދުމަތެއް ކަމަށާއި އެކަން ކުރަނީ ބޭރުގެ ކޮންސަލްޓަންޓަކާ ގުޅިގެން ކަމަށެވެ.

ސިކުނޑިއަށް ލޭ ފޮނުވާ ހޮޅިތައް ބެދި ސްޓްރޯކް ޖެހުމަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމެއްވެސް މެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން އޭޑީކޭއިން ދަނީ އާ ގިނަ ހިދުމަތްތަކެއް ތައާރަފްކުރަމުންނެވެ.

comment ކޮމެންޓް