މާޅޭ ހޮސްޕިޓަލްސް ހިންގާ ބޯޑުގެ ނަން ބަދަލުކޮށް، އަލުން އެކުލަވާލައިފި

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ހޮސްޕިޓަލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑުގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"އަށް ބަދަލުކުރައްވައި އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިކަން މިއަދު އިއުލާނުކުރި ނަމަވެސް ރައީސް ސޯލިހު އެ ބޯޑުގެ ނަން ބަދަލު ކުރައްވައި، އެ ބޯޑަށް މެމްބަރުން އައްޔަން ކުރެއްވީ ހުސްވި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގަ އެވެ.

އެ ބޯޑުން ބަލަހައްޓާނީ މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތަކެވެ.

އަލުން އެކުލަވައިލި ބޯޑުގައި ހިމެނޭ މެމްބަރުން

  • ޑރ އަބްދުލްއަޒީޒު ޔޫސުފް (ވ. އަކީލާ)
  • ނ.ޢ.ޢ.ވ. އަނީސާ އަހްމަދު (މ. ލޮނުވެލި)
  • ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
  • ޑރ އިސްމާއީލް ޝަފީއު (މ. ޕޮޕީ)
  • ހާމިދު ޞާދިގު (އަލިހިޔާގެ، ޅ. ނައިފަރު)
  • އަބްދުލްމާޖިދު (ގ. ކްރީމްގެ
  • އާތިފާ އިބްރާހީމް (މ. ދެބުދާރު)
  • އިބްރާހީމް ސަލީމް (މއ. ބަންދުގެ)
  • މާރިޔާ ސައީދު (މއ. ކޮށީގެ)

ރައީސް ޞާލިހު އެ ބޯޑުގެ ޗެއާމަންގެ ގޮތުގައި ހަމަޖެއްސެވީ ޑރ އަބްދުލްއަޒީޒު ޔޫސުފްއެވެ. އަދި ބޯޑުގެ ވައިސް ޗެއާމަނަކަށް އައްޔަން ކުރެއްވީ އަނީސާ އަހްމަދެވެ.

comment ކޮމެންޓް