ފަސް މަސްވީއިރު ވެސް މަސްފެންގަނޑަށް ވެއްޓުނު ކުއްޖާ ހޭނާރާ

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓުނު ދެ އަހަރުގެ ތުއްތު ކުއްޖާ އަދި ވެސް ހޭނާރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިދިޔަ މަހު 16 އާ ހަމައަށް ފަރުވާ ދެމުންގެންދިޔައީ އައިޖީއެމްއެޗްގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ދަރިފުޅު ގޮވައިގެން އާއިލާއިން ވަނީ އިންޑިއާއަށް ގޮސްފަ އެވެ.

އެ ކުޑަކުއްހާ ވެއްޓުނު މަސްފެންގަނޑަަކީ ދެ ފޫޓެއްހާ ފުންމިން ހުރި ފެންގަނޑެކެވެ. ތުއްތު ކުއްޖާ އެ ފެންގަނޑަށް ވެއްޓުނު އިރު އޭގައި ހުރީ ވަަރަށް ބޮޑަސް ފެހިޖަހާފަކަމަށް އާއިލާއިން ބުންޏެވެ.

ކުޑަކުއްޖާގެ އާއިލާއިން ބުނީ ތުއްތު ކުއްޖާ އަދި ވެސް ހޭނާރާ ކަމަށާއި އެހެންނަމަވެސް ހަރަކާތް ކުރާވަރު ކޮންމެވެސް ވަަރަކަށް މިހާރު އިތުރުވެފައިވާ ކަަމަށެވެ. އިންޑިއާގައި އަހަރެއްހާ ދުވަހު ތިބެން ޖެހޭނެކަމަށް ޑޮކްޓަރު ބުނެފައިވާ ކަަމަށް ވެސް އާއިލާއިން ބުންޏެވެ.

ތުއްތު ކުއްޖާގެ ބައްޕަ މިދިޔަ ނޮވެމްބަރު މަހު "ސަން" އަށް ބުނީ އެ ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އެހެން ނަމަވެސް އެ ހޮސްޕިޓަލުން ފަރުވާ ނުލިބިގެން އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ބަދަލުވިކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް