ހެލްތު މިނިސްޓްރީގެ ނާއިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ދަފްތަރު ނަންބަރު 115-94، އަބޫބަކުރު އަބްދުލްކަރީމް އެވެ.
ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަޤާމުގަ އެވެ.
އޭނާ ކުރިން ވަނީ ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
އަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އަބޫބަކުރު ޢަބްދުލްކަރީމް ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތު ކޯސް ފުރިހަމަކުރައްވައިފަ އެވެ.
އަބްދުލްކަރީމް ހެލްތު މިނިސްޓްރީގެ ނާއިބު ކަމަށް އައްޔަނުކުރެއްވި އިރު އެ މަގާމުގައި މިހާރު ވެސް ދެ އަންހެން ބޭފުޅުން ތިއްބަވަ އެވެ. އެއީ ޝިޔާމާ މުހައްމަދު އަދި ނިޝާމާ މުހައްމަދުއެވެ.