ދެމަފިރިޔަކު ނިދާފައި ތިއްބާ ވަދެ އަންހެން މިހާއަށް ޖިންސީ ގޯނާކޮށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދެމަފިރިޔަކު ނިދަން ތިއްބާ ގެއަކަށް ވަދެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފި އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު ހެނދުނު 6:20 ގައެވެ.

ފުލުހުން ބުނީ، އެކަން ހިނގީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ. އއ. އދ. އަދި ވ އަތޮޅު) ގައި ހިމެނޭ ރަށެއްގައި ކަމަށެވެ.

ދެމަފިރިއަކު ނިދާފައި ތިއްބާ އެ ގެއަށް ގޮތް ނޭނގޭ ފިރިހެނަކު ވަދެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ އެ ކޮމިޝަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ޖިންސީ ގޯނާގެ 75 އަށް ވުރެ ގިނަ މައްސަލައަ އެ މުއައްސަސާއަށް ވަނީ ހުށަހެޅިފަ އެވެ.

comment ކޮމެންޓް