ގަލޮޅު ދަނޑު ކައިރި ހުރި ގެއެއްގައި އަލިފާން ރޯވުމުން ނިވާލައިފި

ގަލޮޅު ދަނޑުކައިރި ހުރިގޭގައި ރޯވެފައި-- ސަން ފޮޓޯ

ގަލޮޅު ދަނޑު ކައިރި ހުރި ގެއެއްގައި އަލިފާން ރޯވުމުން ސިފައިން ގޮސް އަލިފާން ނިވާލައިފި އެވެ.

ރޯވެފައިވަނީ ގ.ޕްރެސައިޑް ގޭގެ އެއްވަނަ ފަންގިފިލާގަ އެވެ. އަލިފާން ރޯވުމާއެކު އެގެއިން މީހުން ހުސްކޮށް ސިފައިން ވަނީ ފަޔާ ލޮރީއަކުން ފެން ޖަހައި އަލިފާން ނިވާލާފަ އެވެ. އަދިވެސް ފަޔަ އެންޑް ރެސްކިއު ޓީމުން ދަނީ އެގޭގެ ތެރޭގައި ހަރަކާތްތެރި ވަމުންނެވެ.

ފުލުހުން ބުނީ ޝަބްނަމް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 21:18 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑީ ބޯޑެއްގައި ކަމަށެވެ. އަލިފާނުގެ އަސަރު ދޮންނަ މެޝިނަށްވެސް ކޮށްފައިވާ ކަމަށާއި، ބައެއް އަންނައުނުވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް