ދެލައްކައެއްހާ ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ކަސްޓަމްސްއިން އަތުލައިގެން އެމްފެޓަމިން-- ފޮޓޯ: ކަސްޓަންސް

ރާއްޖެއައި ބަނގުލަދޭޝްމީހެއްގެ އަތުން ދެ ލައްކައެއް ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މިމަހު ނުވަ ވަނަ ދުވަހުގެ ރޭ ރާއްޖެއައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިންއަށް ޕަޮޒިޓިވްވި ކަމަށެވެ.

އެތެރެކޮށްފައިވަނީ 1932 އެމްފަޓަމިން ގުޅައެވެ.

އެ ތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ) ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަަމަށް ކަސްޓަމްސްއިން ބުންޏެވެ.

ދޭތެރެދޭތެެރެއިން ރާއްޖެއަށް އެެތެރެކުރާ ޕާޓީ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގަނެއެވެ. ގިނައިން ކަސްޓަމްސްއިން އަތުލައިގެންފައިވަނީ ޕޯސްޓުގެ ޒަރިއްޔާއިން އެތެރެކުރާ ޕާޓީ ޑްރަގްސްއެވެ.

comment ކޮމެންޓް