އިރުފާން ހާން އެނބުރި އައުމުގެ ފުރަތަމަ ފެނިލުން

ކެންސަރު ބައްޔަށް ފަރުވާކުރުމަށް ސްކްރީނުގެ ކުރިމަތިން ދެ އަހަރު ދުވަހުގެ ބްރޭކެއް ނެގުމަށްފަހު އިރްފާން ހާންގެ ފިލްމު "އަނގްރޭސީ މީޑިއަމް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އިރްފާން ހާން އެނބުރި ސްކްރީނަށް އަންނަ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. މި ފިލްމަކީ "ހިންދީ މީޑިއަމް"ގެ ސީކުއަލްއެކެވެ.

އިންޑިއާ އާއި އިނގިރޭސިވިލާތުގައި މަންޒަރުތައް ނަގާފައިވާ އެ ފިލްމުގެ ތަރިންނަކީ ކަރީނާ ކަޕޫރު، ރަންވީރު ޝޯރޭ އަދި ރާދިލާ މަދަން އެވެ.

'ހިންދީ މީޑިއަމް' ގައި އިރްފާން އާއެކު ފެނިގެން ދިޔައީ ޕާކިސްތާނު އެކްޓަރު ސަބާ ޤަމަރެވެ. އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ދޯހަޅި ކަންކަމުގެ މައްޗަށް ބިނާކޮށް އުފެއްދި އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓީކުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

އެ ފިލްމުގައި ފެނިގެން ދިޔައީ އިރްފާންގެ ދަރި މަތީ ތައުލީމު ހާސިލު ކުރުމަށް އެމެރިކާއަށް ގޮސް ދިމާވާ ކަންތައްތަކެވެ. ފިލްމުގައި އިރްފާންގެ ދަރީގެ ރޯލު އަދާކުރީ ރާދިކާ މަދަން އެވެ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު