ރާޖްކުމާރުގެ "ޗަލާންގް" އަނެއްކާވެސް ފަސްކޮށްފި

ބޮލީވުޑްގެ ކާމިޔާބު ބަތަލު ރާޖް ކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ ފިލްމު ‘ޗަލާންގް’ ސްކްރީން ކުރާ ދުވަސް އަނެއްކާވެސް ފަސްކޮށްފިއެވެ.

ކުރިން މި ފިލްމު އަންނަ މަހު 13 ގައި ރިލީޒްކުރަން ނިންމި ނަމަވެސް މިހާރު އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގައެވެ. ނުޝްރަތު ބަރޫޗާ އަންހެން ލީޑު ކުޅޭ އެ ފިލްމަކީ ހެއްވާ މަޖާ ކޮމެޑީއެކެވެ.

އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށް މިހާރު ވަނީ ފިލްމުގެ އާ ޕޯސްޓަރެއްވެސް ދައްކާލައިފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ހެންސެލް މެހެތާ އެވެ.

މި ފިލްމަކޯ ރާޖްކުމާރު އާއޮ ނުޝްރަތު އެކުގައި ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. ފިލްމުގައި ރާޖްކުމާރު ފެނިގެންދާނީ ސްކޫލެއްގެ ސްޕޯޓްސް ކޯޗެއްގެ ރޯލުންނެވެ

comment ކޮމެންޓް