އއ. މަޑިވަރު ބޭރަށް ސްނޯކްލިންގްއަށް ދިޔަ 23 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަޑިވަރު ބޭރަށް ސްނޯކްލިންގްއަށް ދިޔަ މީހަކު މަރުވެގެން އއ ރަސްދޫ ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު މިއަދު 17:30 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މަޑިވަރު ބޭރަށް ސްނޯކްލިންގްއަށް ގޮސްގެން މަރުވި މީހާގެ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތެއްވެސް ފުުލުހުން ނުދެ އެވެ.