200 އަށްވުރެ ގިނަ ދަރިވަރުންނާއެކު އެވިޑް ތިނަދޫ ކެމްޕަސް ފަށައިފި

އެވިޑް ކޮލެޖް، ތިނަދޫ ކެމްޕަހު ކޯސްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

މިއަހަރުގެ ފުރަތަމަ ސެމެސްޓާގައި އެވިޑް ކޮލެޖް، ތިނަދޫ ކެމްޕަހުގައި ހިންގަމުންގެންދާ ކޯސްތަކުގައި އަލަށް ބައިވެރިވި ދަރިވަރުންނަށް މަރުހަބާ ކިޔުމާއެކު އޮރިއެންޓޭޝަން ދިނުމަށްޓަކައި ރަސްމިއްޔާތެއް ބާއްވައިފި އެވެ.

އިއްޔެ ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖްގެ އުލޫމިއްޔާ ކެމްޕަހުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެވިޑް ކޮލެޖްގެ ބާނީ އަބްދުﷲ މުސްތާގް ރަޝާދެވެ. މުސްތާގާއެކު އެވިޑް ކޮލޮޖްގެ އިސްބައެއް ސްޓާފުން މިރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެވިޑް ކޮލެޖްގެ ބާނީ މުސްތާގް ވިދާޅުވި ގޮތުގައި އެވިޑް ކޮލެޖްގެ މާލޭ ކެމްޕަސްތަކުގައި ހިންގާ ކޮންމެ ޕްރޮގްރާމެއްވެސް ތިނަދޫ ކެމްޕަހުގައިވެސް ހިންގޭނެ އެވެ. ބޭނުންވާ ޕްރޮގްރާމްތަކަށް ތިނަދޫގެ ބޭފުޅުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ބޭފުޅުންނަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެވިޑް ކޮލެޖް، ތިނަދޫ ކެމްޕަހު ކޯސްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެވިޑް ކޮލެޖު

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެކޮލެޖްގެ ތިނަދޫ ކެމްޕަހުގައި މިސެމިސްޓާގައި އަލަށް ފެށި ކޯސްތާކާއެކުއެކު ޖުމުލަ 12 ވަރަކަށް ކޯސްކުރިއަށްދެ އެވެ. އަދި މިކޯސްތަކުގައި 200 އަށްވުރެ ގިނަ ދަރިވަރުން ތަފާތު ލެވެލްތަކުގައި މަތީ ތައުލީމު ހާސިލްކުރަމުން ގެންދެ އެވެ.

މިވަގުތު ތިނަދޫ ކެމްޕަހުގައި އެވިޑް ކޮލެޖުން ހިންގަމުންގެންދާ ކޯސްތަކަކީ؛

- މާސްޓާ އޮފް އެޑިޔުކޭޝަން،

- މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން

- އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯރސް މެނޭޖްމެންޓް

- ޑިޕްލޮމާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ޑިިޕްލޮމާ އިން އޮފީސް މެނޭޖްމެންޓް

- ޑިޕްލޮމާއިން ސައިކޮލޮޖީ

- ޑިޕްލޮމާއިން ކައުންސެލިނިން

- ޑިޕްލޮމާއިން ޝަރީއާ އެންޑް ލޯ

- ޑިޕްލޮމާއިން ޕްރައިމަރީ ޓީޗިން

- ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

- ސެޓްފިކެޓް ފޯ އިން ފައުންޑޭޝަން ސްޓަޑީޒް

- ސެޓްފިކެޓް ތްރީ އިން ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯސް

އެވިޑް ކޮލެޖަކީ މަތީތައުލީމު އަތްފޯރާފަށުގައި ފޯރުކޮށްދޭ އެންމެ ބޮޑު އެއްކޮލެޖެވެ. އެވިޑް ކޮލެޖްގައި މިހާރުވެސް 2،000 އަށް ގިނަ ދަރިވަރުން މަތީތައުލީމު ހާސިލްކުރަމުން ގެންދެ އެވެ.

comment ކޮމެންޓް