އެލާޑިންގެ ދެވަނަ ބައެއް ނެރެނީ

އެލާޑިންގެ ފުރަތަމަ ބައިގެ ޕޯސްޓަރެއް --- ފޮޓޯ : ޑިޒްނީ

ޑިޒްނީއިން މިދިޔަ އަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެލާޑިން"ގެ ދެވަނަ ބައެއް ނެރުމަށް އެ ސްޓޫޑިއޯއިން ނިންމައިފި އެވެ.

ޑިޒްނީއިން ވަނީ މިދިޔަ އަހަރުގައި އެލާޑިންގެ ކާމިޔާބާއެކު އެ ފިލްމުގެ ސައިޑް ކެރެކްޓަރަކަށް ބިނާކޮށް ހާއްސާ ސީރީޒް އެއް ހެދުމަށް ނިންމާފަ އެވެ. ނަމަވެސް އެ ސީރީޒް ފެންނާނީ ޑިޒްނީއިން މިދިޔަ އަހަރު ފަހުކޮޅުގައި ތައާރަފުކުރި ސްޓްރީމިން ސާވިސް އިންނެވެ.

ސައިޑް ކެރެކްޓަރުގެ ސީރީޒްގެ އިތުރުން ޑިޒްނީއިން ވަނީ މިހާރު އެލާޑިންގެ އޮރިޖިނަލް ކާސްޓާއެކު ފިލްމުގެ ދެވަނަ ބައެއް އުފެއްދުމަށް ނިންމާފަ އެވެ.

އެގޮތުން އެ ފިލްމު ފެންނާނީ ފުރަތަމަ ފިލްމު ނިމިގެން ދިޔަ ހިސާބުން ކަމަށް ޑިޒްނީއިން ބުނެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި އެ ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވަނީ މިހާރު ފަށާފައެވެ. އަދި މިހާރު މަސައްކަތް ކުރަނީ ފިލްމުގެ ޕްލޮޓު ކުރިއަށް ގެންދާނެ މިސްރާބަކާ ދިމާލަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އޮރިޖިނަލް ފިލްމުގެ ކާސްޓުން ކަމަށްވާ މީނަ މަސްއޫދާއި ނެއޯމީ ސްކޮޓްގެ އިތުރުން ވިލް ސްމިތުވެސް އެ ފިލްމުން ފެނިގެންދާނެ ކަމަށް ޑިޒްނީއިން ބުނެއެވެ.

comment ކޮމެންޓް