ވެބް ސީރީޒް "ހަނާ"ގެ ޓީޒާ މިއޮތީ، ބަލައިލާ ހިތެއް ނުވޭތަ؟

ހަނާ ގެ ޕޯސްޓަރެއް---

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ވެބް ސީރީޒް "ހަނާ" ދައްކާ ތާރީހް އިއުލާންކޮށްފި އެވެ.

ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް "ހަނާ" ދެއްކުމަށް ތައްޔާރު ވަމުން އަންނައިރު މި ވެބް ސީރީޒް ގެނެސްދޭނީ މި މަހު 27 ވަނަ ދުވަހު އެވެ. މިހާރު ވަނީ ސީރީޒްގެ ޓީޒާ އެއްވެސް ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

އަހަރުތަކެއް ކުރިން މަޝްހޫރުވި ވީޑިއޯ ލަވަ "ޖާދުގަ ޖެހޭނޭ ފެނިފާ ތިބާ" އިން ފެނިގެންދިޔަ މަރިޔަމް ނޫރާ ލީޑު ރޯލުން ފެނިގެންދާ އެ ސީރީޒްގެ ދިގު މިނަކީ 13 އެޕިސޯޑެވެ.

ކިޑް ޕްރޮޑަޑްޝަނުން އުފައްދާ އެ ސީރީޒްގައި ނޫރާގެ އިތުރުން ދޮން އައްޔަ، ޝަމީލް، ނިޝާ އަދި ޖިމީ ވެސް ފެނިގެންދާނެއެވެ. ސީރީޒްގެ ވާހަކަ ތައްޔާރުކޮށްފައި ވަނީ ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.

comment ކޮމެންޓް