ބެނެލީ މޮޓޯބީ 152އަށް ބޮޑު މަގުބޫލުކަމެއް، އިތުރަށް ސަޅިވަނީ

ބެނެލީ މޮޓޯބީ 152– ފޮޓޯ/ ޕަބްލިސިޓީ ބިއުރޯ

މިދިޔަ އަހަރު ރާއްޖޭގައި އެންމެ ގިނައިން ވިކުނު މެނުއަލް ސައިކަލު ކަމަށްވާ "ބެނެލީ މޮޓޯބީ 152" ގެ އާ ކުލައެއް ބާޒާރަށް ނެރެން ލޮޓަސް ބައިކް ޝޮޕުން ތައްޔާރުވެއްޖެ އެވެ.

ލޮޓަސްއިން ބާޒާރަށް ނެރޭ ބެނެލީ މޮޓޯބީ 152ގެ އާ ކުލައަކީ ހުދު ކުލަ އެވެ. މިހާރު ބާޒާރުގައި ވިއްކަމުން ދަނީ މޮޓޯބީގެ ކަޅު، ރަތް އަދި ނޫ ކުލަ އެވެ.

ބެނެލީ މޮޓޯބީ 152-- ފޮޓޯ/ޕަބްލިސިޓީ ބިއުރޯ

ބެނެލީ މޮޓޯބީއަކީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ ގިނައިން ވިކުނު މެނުއަލް ސައިކަލެވެ. ކެފޭ ރޭސާއެއް ގޮތަށް ފަރުމާކޮށްފައިވާ މި ސައިކަލުގެ 204 އަށްވުރެ ގިނަ ޔުނިޓް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ވިކިފަ އެވެ.

ބެނެލީގެ ބައެއް ސިފަތައް

  • ފިއުލް ކެޕޭސިޓީ: 12.1 ލީޓަރު
  • ޑިސްޕްލޭސްމަންޓް: 150 ސީސީ
  • ގިއާބޮކްސް: 5 ސްޕީޑް
  • ކޫލިން ސިސްޓަމް: އެއާ-ކޫލްޑް ސިސްޓަމް
  • ބަރުދަން: 124 ކިލޯ
  • ފިއުލް ސިސްޓަމް: ކާބުރޭޓާ

ހައި ޕަފޯމަންސް ސައިކަލު އުފެއްދުމުގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ ބެނެލީއަކީ އިޓަލީގެ ކުންފުންޏެކެވެ. 1911 ވަނަ އަހަރު އުފެއްދި ބެނެލީއަކީ ސައިކަލު އުފެއްދުމުގެ މާކެޓުގައި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ.

އެގޮތުން މިދިޔަ އަހަރު ބެނެލީން ވަނީ އެންމެ ގިނައިން ސައިކަލު ވިއްކި ކުންފުނިތަކުގެ ލިސްޓުގައި މަޝްހޫރު އެހެން ބްރޭންޑެއް ކަމަށްވާ ޑުކާޓީ ވެސް ފަހަތަށް ޖައްސާލާފަ އެވެ.

ބެނެލީ މޮޓޯބީ 152-- ފޮޓޯ/ ޕަބްލިސިޓީ ބިއުރޯ

ލޮޓަސް ބައިކް ޝޮޕަކީ ރާއްޖޭގައި ބެނެލީ ބްރޭންޑުގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. ލޮޓަސް ބައިކް ޝޮޕުގެ ޝޯރޫމް ހުންނާނީ ބުރުޒު މަގާއި ނިކަގަސް ހިނގުން ގުޅޭ ކަންމަތީގަ އެވެ.

ބެނެލީ ސައިކަލާ ގުޅޭ މައުލޫމާތު ލޮޓަސް ބައިކް ޝޮޕުގެ ފޭސްބުކް ޕޭޖުން ވެސް ލިބޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު