ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްޕަނީ

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ ހަމަޖައްސަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޯކާ މީޑިއާ ގްރޫޕް

ގޯލްޑް 100 ގާލާ އާއި ބިޒްނަސް އެކްސްޕޯ 2020ގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ ހަމަޖައްސައިފި އެވެ.

އެ އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ސިމްފަނީ ހަމަޖެއްސުމަށް ގޯލްޑް 100 އެކްސްޕޯ އިންތިޒާމުކުރާ އޯކާ މީޑިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ. އަދި ސިމްފަނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑައިރެކްޓަރު އިނާޝާ ވަލީދެވެ.

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯއަކީ އޯކާ މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ވިޔަފާރި ހަބަރު ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާއިން އިންތިޒާމުކުރާ ދެ ހަރަކާތެވެ.

ގޯލްޑް 100 އަކީ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް އެކުލަވާލާ ލިސްޓެކެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނީގެ ލިސްޓެއް ކޮންމެ އަހަރަކު ވެސް އާންމުކުރާއިރު، މިއީ ވަނަ ހޮވައިގެން އެކުލަވާލާ ލިސްޓެއް ނޫނެވެ.

ބިޒްނަސް އެކްސްޕޯއަކީ ބިޒްނަސް ނެޓްވޯކިންގް ސެޝަނަކާއި ޓްރޭޑް ޝޯއެއް ހިމެނޭ ގޮތަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި 150 އަށް ވުރެ ގިނަ ކުންފުންޏާއި ވިޔަފާރީގެ ދާއިރާގެ 3000 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެ އެވެ.

މިއަހަރުގެ ބިޒްނަސް އެކްސްޕޯ އޮންނާނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. އަދި ގޯލްޑް 100ގެ ގާލާ އޮންނާނީ މިމަހު 25 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

comment ކޮމެންޓް