ފުޓުބޯޅަ ކުޅެން ހުރި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ހުޅުމާލޭ ޓާފް ދަނޑު އެކެއްގައި ފުޓުބޯޅަ ކުޅެން ހުރި ބިދޭސީއަކު މަރުވެގެން ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މިރޭ 20:20 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ ޓާފް ދަނޑު އެކަކުން މީހަކު އަތްދަނޑި މައްޗަށް ލައިގެން ބަޔަކު ދާތަން ފެނިފައިވާ ކަމަށެވެ.

އަދި އެތަނަށް ފުލުހުން ގޮސް ބެލުމުން ފުޓުބޯޅަ ކުޅެން ހުއްޓާ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު ވަގުތުން ފުލުހުންގެ ވެހިކަލެއް ގެނެސް، ވެހިކަލްގައި އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވެއްޓުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް