ހުޅުމާލެއިން މާލެއަށް ގެންދަން އުޅުނު 12 ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

މިއަދު ހުޅުމާލެއިން އަތުލި ބަނގުރާ -- ފޮޓޯ/ޕޮލިސް

ހުޅުމާލެއިން މާލެއަށް ގެންދަން އުޅުނު ބަނގުރާ ފުޅިތަކަަކާއެކު މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ބަނގުރާ ގެންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއަދު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި އެމީހާ ހިފަހައްޓާފައި ވަނީ 14:08 ހާއިރުއެވެ. ފުލުހުން ބުނީ އޭނާގެ އަތުން 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ވެސް ޓެކްސީއެއްގައި ހުޅުމާލެއިން މާލެއަށް ގެންދަން އުޅުނު ގިނަ އަދަދެއްގެ ބަނގުރާ ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ އެ ޓްކެސީން 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 23 އަހަރާއި 24 އަހަރުގެ ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް