އިންޑިއާގެ މަނަވަރެއް ރާއްޖޭގައި ބަނދަރުކޮށްފި

ރާއްޖެ އައިސްފައިވަނީ އައިއެންއެސް އައިރަވަތު ނަމަކަށް ކިޔާ ބޯޓެއް --- ފޮޓޯ : އެމްއެންޑީއެފް

ހާއްސަ ދަތުރެއްގައި އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ރަހުމަތްތެރިކަމުގެ ހާއްސަ ދަތުރެއްގައި އިންޑިއާގެ މަނަވަރު ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

"އައިއެންއެސް އައިރަވަތު" މިއަދު ރާއްޖެ އައިސްފައިވާއިރު މި މަހުގެ 16ގެ ނިޔަލަށް އެ މަނަވަރު ރާއްޖޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ރަހުމަތްތެރިކަމުގެ ހަރަކާތްތަކުގެ ދަށުން އެކި ގައުމުގެ އަސްކަރީ މަނަވަރުތައް ރާއްޖެއަށް އާދެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހުކޮޅުގައި ޖަޕާނުގެ ދެ އަސްކަރީ މަނަވަރު ރާއްޖެ އައިސްފައިވެ އެވެ.

އޮކްޓޯބަރުގައި ޖަޕާނުން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ "ޖޭއެމްއެސްޑީއެފް ޓަކަޝިމާ" އާއި "ޖޭއެމްއެސްޑީއެފް ބުންގޯ" ނަމަކަށް ކިޔާ ދެ މަނަވަރެވެ.

comment ކޮމެންޓް