މިދިޔަ މަހު އިމްޕޯޓް ދަށްވެ، އެކްސްޕޯޓް އިތުރުވެއްޖެ

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަދަދު ދަށްވެ ރާއްޖެއިން ބޭރުކުރި މުދާ އެކްސްޕޯޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްއިން ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ އަޅާބަލާއިރު ހަތަރު ޕަސެންޓް ދަށްވެފައިވާ ކަމަށެެވެ.

އެގޮތުން މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަތަރު ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެެވެ.

އެކްސްޕޯޓް ކުރެވުނު މުދަލަށް ބަލާލާއިރު މިދިޔަ މަހު 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު މިދިޔަ އަހަރު ޖެނުއަރީ މަހު އެކްސްޕޯޓްކޮށްފައި ވަނީ 347 މިލިއަން ރުފިޔާގެ މުދަލެެވެ. މިއީ 21 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު ކަސްޓަމްސްއަށް 272 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިދިޔަ އަހަރު ޖެނުއަރީމަހު 303 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެެވެ. އިމްޕޯޓް ދަށްވުމާ ނަތީޖާއެއްގެ ގޮތުން، ކަސްޓަމްސްގެ އާމްދަނީ މިވަނީ 10 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނެވެ. އަދި އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑްއަށެެވެ.

comment ކޮމެންޓް