ހޮލޮގޯ އެޕް ބޭނުންކޮށްގެން 38 ސްކޫލެއްގައި ކިޔަވައިދެނީ

ހޮލޯގޯ އެޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ހޮލޯގޯ އެޕް ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ލޯންޗުކޮށްފި އެވެ.

އެ ޕައިލެޓް ޕްރޮގްރާމް އަދި ލޯންޗްކޮށްފައިވަނީ 38 ސްކޫލެއްގައެެވެ.

މިއީ ދިރާގާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މޮމްސް އެންޖީއޯ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެެވެ.

ހޮލޯގޯ ވޯލްޑުގެ ސީއީއޯ އީދަމް ރަޝީދު "ސަން" އަށް ވިދާޅުވީ މިއީ ދަރިވަރުންނަށް އޮންލައިންކޮށް އުނގެނުމަށް ހާއްސަކުރެވިފައިވާ އެެޕެއް ކަމަށެވެެ.

" މި އެޕުން ގްރެޑް ހަޔަަކުން ފެށިގެން އޭ ލެވަލްއާ ހަަމައަށް ކިޔަވޭ ފިލާވަޅުތަކަށް އެކްސެސްވެވޭނެ، ދެން މީ އެޕުން އެކި އެއްޗެތި ތުޑީކޮށް އަދި އޮގްމެންޓެޑް ރިއަލިޓީކޮށް ފެންނާނެ." އީދަމް ވިދާޅުވިއެވެ.

އެ އެޕްލިކޭޝަން ބޭނުންކުރެވެނީ ހިލެއެެވެ. އެ އެޕް ބޭނުންކޮށްގެން އަންނަ ހަފްތާގައި ކިޔަވައިދޭން ފަށާގޮތަށް މިހާރު ވަނީ ހަމަޖެހިފައެެވެ.

އެ ޕްރޮޖެކްޓްގެ އެޕަށް ޓީޗަރުން އަހުލުވެރިކުރުމަށް ޓީޗަރުން ތަމްރީންކުރުމާއި އެޕްއަށް ލައިސަންސް ހޯދުމުގެ މަސައްކަތް މިހާރު ކޮށްފައިވާ ކަމަށްވެސްއީދަމް ވިދާޅުވިއެވެެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން މަމްސް އެންޖީއޯއިން ބުނީ ހޮލޯގޯއާއެކު ރާއްޖޭގެ ކިޔެވުމަށް ބޮޑެތި ބަދަލިތަކެއް އަންނާނެ ކަމަށެވެެ.

comment ކޮމެންޓް