އިންޑިއާގެ އެޓާނީ ޖެނެރަލް އޮފީހުގެ އެހީތެރިކަން ހޯދަނީ

އިންޑިއާގެ އޭޖީ އޮފީހާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: އޭޖީ އޮފީސް

އިންޑިއާގެ އެޓާނީ ޖެނެރަލް އޮފީހުގެ އެހީތެރިކަން ހޯދަން ރާއްޖޭގެ އެޓާނީ ޖެނެރަލް އޮފީހުން މަޝްވަރާކޮށްފިއެެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވަނީ އިންޑިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފައެެވެ.

އޭގެ ތެރޭގައި އިންޑިއާގެ އެޓާނީ ޖެނެރަލް ކޭކޭ ވެނުގޯޕާލްއާއި ސޮލިސިޓަ ޖެެނެރަލްފޯ އިންޑިއާ ތުޝާރު މެހެތާ ހިމެނެއެވެެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖެއިން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް މިހާރު ކުރަމުންދާ މަަސައްކަތާއި އަދި އެޓާނީ ޖެނެރަލް އޮފީހަށް އެކި ޓްރެއިނިން ޕްރޮގްރާމްތަކުގެ ފުރުސަތުތަކާއި އަދި މުސްތަގުބަލުގައި ދެ ގައުމު ގުޅިގެން ކުރެވިދާނެކަންކަމަ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެމަނިކުފާނުގެ އޭޖީ ކަމުގައި، މިދިޔަ އަހަރު ވަނީ 50 ހެއްހާއާ ބިލެއްގެ ޑްރާފްޓް ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސް އޮފީހަށް ފޮނުއްވައިފަ އެވެ. އޭގެ ތެރެއިން ވަރަށް މުހިންމު ބޮޑެތި ބިލްތަކެއް މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އަމަލުކުރަން ވެސް ވަނީ ފަށައިފަ އެވެ. އަދި ކޯޓުން ބޭރުން މައްސަލަތައް ހައްލު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އުފެއްދުމަށް ވެސް ގިނަ ފިޔަވަޅުތަކެއް އޭޖީ ވަނީ އަޅުއްވައިފަ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް އިތުބާރު އުފެއްދުމުގެ ގޮތުން ޔޫއެންޑީޕީގެ ކޮންސަލްޓަންޓެއްގެ އެހީގައި، ޝަރުއީ ދާއިރާގެ އިސްލާހީ ބަދަލުތަކާ ގުޅޭ ދިރާސާއެއް އެކުލަވާލާ އެ ލަފާތަކަށް އަމަލު ކުރަން ފަށައިފަ އެވެ.

comment ކޮމެންޓް