ޗައިނާ މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކޮށްފި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހުގެ 26 ވަނަ ދުވަހު ޗައިނާގައި ކުޅޭ މެޗަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑު އެފްއޭއެމުން އިއުލާން ކޮށްފި އެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 0-5ގެ ނަތީޖާއަކުން ޗައިނާ ކާމިޔާބު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ރާއްޖެއަށް ހޯމް އެޑްވާންޓޭޖް ނުނެގުނީ މަރާމާތު ކުރުމަށް ސިޑިބަރިތައް ބަންދު ކޮށްފައި ހުރުމުގެ ސަބަބުންނެވެ. އެ މެޗަށް ޗައިނާގެ 1500 އެއްހާ ސަޕޯޓަރުން ވަދެފައިވެ އެވެ.

ދޮޅު އަހަރަށް ފަހު އަލީ އަޝްފާގު (ދަގަނދޭ) ގައުމީ ޓީމުގައި ހިމަނައިގެން ކުޅުނު އެ މެޗުގެ ފުރަތަމަ ކޮޅު ރާއްޖެއިން މޮޅަށް ކުޅެމުން ދަނިކޮށް ގޭމު އެނބުރުނީ ޗައިނާ އަށް ލިބުނު ދެ ޕެނަލްޓީއަކުން ކަމަށް އޭރު ޓީމުގެ ކޯޗަކަށް ހުރި ޕީޓާރ ސެގާރޓް ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ފަސް މެޗުގެ ތެރެއިން ދެ މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވާ އިރު ބާކީ އޮތީ ތިން މެޗެވެ. އެއީ ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، ރާއްޖޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ފިލިޕީންސް މެޗެވެ. ރާއްޖެއިން މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވީ ގުއާމާ ދެކޮޅަށް ކުޅުނު މެޗުތަކުގަ އެވެ. ރަށުން ބޭރުގައި 0-1 އިން އެ ޓީމު ބަލިކުރި އިރު ރާއްޖޭގައި ކުޅުނު މެޗު ކާމިޔާބު ކުރީ 1-3 އިންނެވެ.

ޗައިނާ މެޗު ވެގެންދާނީ ރާއްޖޭގެ ކޯޗުކަމާ އަލަށް ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ ފުރަތަމަ އިމްތިހާނަށެވެ. ގުރޫޕް ތާވަލުން ކުރިއެރުން ހޯދައި އޭއެފްސީ މުބާރާތަށް ކޮލިފައިވުމަށް އަމާޒުހިފާފައިވާ ކޫޕްމަން މީގެ ކުރިން ބުނީ ޗައިނާގެ ކުޅުނު ރަނގަޅަށް އިނގޭ ކަމަށެވެ. އަދި ރާއްޖެއަށް އެ ޓީމު ބަލިނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ގައުމީ ޓީމުގެ ސްކޮޑް:

1. މުހައްމަދު އިރުފާން (މާޒިޔާ)

2. އިބަރާހިމް މަހުދީ ހުސައިން (މާޒިޔާ)

3. އައިސަމް އިބްރާހިމް (މާޒިޔާ)

4. ސަމޫހު އަލީ (މާޒިޔާ)

5. އަސަދުﷲ އަބްދުﷲ (މާޒިޔާ)

6. ހަމްޒާ މުހައްމަދު (މާޒިޔާ)

7. ނާއިޒް ހަސަން (މާޒިޔާ)

8. މުޖުތާޒް މުހައްމަދު (މާޒިޔާ)

9. ހުސައިން ޝަރީފް (މާޒިޔާ)

10. ހުސައިން ނިހާން (މާޒިޔާ)

11. އަލީ އަޝްފާގު (ޓީސީ)

12. އަކުރަމް އަބްދުލް ޢަނީ (ޓީސީ)

13. އަހުމަދު ރިލްވާން (ޓީސީ)

14. އާދަމް އިމްއާން (ޓީސީ)

15. އިޝާން އިބްރާހިމް (ޓީސީ)

16. އިސްމާއިލް އީސާ (ޓީސީ)

17. މުހައްމަދު ފައިސަލް (ޑެ ގްރާންޑޭ)

18. މުހައްމަދު އަޔާޒް (ޑެ ގްރާންޑޭ)

19. އަހުނަފް ރަޝީދު (ޑެ ގްރާންޑޭ)

20. މުހައްމަދު އާރިފް (ގްރީންސްޓްރީޓްސް)

21. މުހައްމަދު ސާއިފް (ގްރީންސްޓްރީޓްސް)

22. އަބްދުﷲ ޔާމީން (ގްރީންސްޓްރީޓްސް)

23. މުހައްމަދު އުމޭރު (ގްރީންސްޓްރީޓްސް)

24. އަހުމަދު ނޫމާން (އީގަލްސް)

25. އިމްރާން ނަޝީދް (އީގަލްސް)

26. ހުސައިން ނަޒީމް (އީގަލްސް)

27. ހުސައިން ޝިފާއު ޔޫސުފް (އީގަލްސް)

28. އަހުމަދު ރިޒުވާން (އީގަލްސް)

29. އަލީ ފާސިރު (އީގަލްސް)

30. މުހައްމަދު ޝަފީއު (ނިލަންދޫ)

31. ހުސައިން ތޮލާލް (އީގަލްސް)

comment ކޮމެންޓް