ނޮވެމްބަރުގެ ޕޯސްޓަރުގައި ސިންގަޕޫރުގެ މަލަމަތި

ނޮވެމްބަރުގެ ޕޯސްޓަރު---

ސްކްރީނު ކުރުމަށް އަމާޒު ހިފާފައިވާ ކާމިޔާބު ފިލްމު ކުންފުނީގެ ފިލްމު ނޮވެމްބަރުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ފިލްމުގެ ޕޯސްޓަރު ދައްކާލި ނަމަވެސް ފިލްމު އަޅުވާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އެ ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. ހޫދު އިބްރާހިމް އެ ފިލްމުގެ ޕޯސްޓަރު ތައްޔާރުކޮށްފައިވާއިރު އެ ޕޯސްޓަރުގެ ފޮޓޯ ނެގީ އަހްމަދު ޝިނާން އެވެ. ޕޯސްޓަރުން ފެނިގެންދަނީ ލީޑު ރަރި މަޖޫ އާއި ޖުމައްޔިލް އެވެ.

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

ޑާކްރެއިން އެންޓަޓެއިން އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިލްމު ކުންފުންޏެކެވެ.

comment ކޮމެންޓް