ލަންކާގައި އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކަށް އަނިޔާވެއްޖެ

ސްރިލަންކާގައި މަގެެއްގެ މަތި ---

ސްރީލަންކާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާގޮތުން އެކުއްޖާގެ ހާލު ސީރިއަސް އެވެ. އަދި ފަރުވާދެމުން ދަނީ އައިސީޔޫގަ އެވެ.

ފޮރިން މިނިސްޓްރީއިންވެސް ވަނީ އެކަހަލަ ހާދިސާއެއް ހިނގައިގެން އުޅޭކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މާބޮޑު ތަފްސީލެއް ނުދެ އެވެ. ފޮރިން މިނިސްޓްރީއިން ބުނީ ކުއްޖާގެ އާއިލާ އެކޮޅުގައި ދިރިއުޅޭ ކަމަށެވެ. އަދި ބޭނުންވާ އެހީތެރިކަން އެ މިނިސްޓްރީއިން ފޯރުކޮށްދެމުން ދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ވެއްޓި އަނިޔާވި ކުއްޖާގެ އުމުރެއްވެސް އަދި ރަށެއްވެސް ވަނީ ސާފުވާގޮތް ނުވެފަ އެވެ. ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.

comment ކޮމެންޓް