"ހަފްތާ ރެސް" އަތޮޅުތެރެއަށް ފުޅާކުރަނީ

ހަފްތާ ރެސް ހަރަކާތް ފެށުމަށް ބޭއްވި އިވެންޓް -- ފައިލް ފޮޓޯ: ރައީސް އޮފީސް

ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އެކު ބާއްވަމުންދިޔަ "ހަފްތާ ރެސް" ގެ ހަރަކާތްތައް އަތޮޅުތެރެއަށް ފުޅާކުރަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިމިގެން ދިޔަ ހަފްތާ ބަންދުގައި ރ. އަލިފުށީގައި ހަފްތާ ރެސް ބޭއްވިކަމަށެވެ.

މަހުލޫފް ވިދާޅުވީ އަލިފުށީގައި ބޭއްވި ހަފްތާ ރޭސްގައި ކުޑަކުދިން ހަވީރަކާއި ސްޓޭޖް ޝޯއެއްގެ އިތުރުން ލައިފް ސްކިލް ސެޝަންއަކާއި ތަފާތު މައުލޫތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމް ހިންގި ކަމަށެވެ.

"މިއަހަރު ހަފްތާރެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެ" މަހުލޫފްގެ ޓުވީޓުގައި ވެއެެވެ.

ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާކެޓާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަގައި ފެށި ޕްރޮގްރާމްއެކެެވެ.

ދާދި ފަހުން ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކާ ގުޅިގެން މާލޭގައި ހަފްތާރެސް ވަނީ މެދުކަނޑާލައިފައެެވެ. މިހާތަނަށް ހިމަބިހީގެ ނުވަ ކޭސްއެއް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް