މާލޭގައި އިންޑިއާ ދެމީހަކު މާރާމާރީ ހިންގާ ޒަހަމްވެއްޖެ!

މާލޭގައި މީގެ ކުރިން މާރާމާރީއެއް ހިންގި ސަރަހައްދު ފުލުހުން ބަންދުކޮށްފައި: މިއަދު މާލޭގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައި ވަނީ ޒަހަމްވެފައި --- ފައިލް ފޮޓޯ: ސަން

މާލޭގައި މިއަދު އިންޑިއާ ދެ މީހަކު އަކަކު އަނެކަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ، މާފަންނުގައި މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު ކަމަށެވެ.

މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ގޮސް ޒަހަމްވެފައިވާ ދެ މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ދެ މީހުނަށް ވެސް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

comment ކޮމެންޓް