މަޝްހޫރު މައިކްރޮބަޔޯލޮޖިސްޓް ފްރޭންކް މަރުވެއްޖެ

ޑރ. ފްރޭންކް ޕްލަމާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން --- ފޮޓޯ : ބީބީސީ

އެޗްއައިވީ ފެތުރޭގޮތް ދެނެގަތުމަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް އެނގޭ މަޝްހޫރު މައިކްރޮބަޔޯލަޖިސްޓް ޑރ. ފްރޭންކް ޕްލަމާ މަރުވެއްޖެ އެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) އާއި އެޗް1އެން1 އަދި އިބޯލާ ފަދަ ބަލިތަކުގެ ދިރާސާ ކުރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައިވާ ޕްލަމާ އުމުރުން އުމުރުން 67 އަހަރުގަ އެވެ.

ޑރ. ޕްލަމާ ވަނީ ދާދި ފަހުން ހާއްސަ އެކްސްޕެރިމެންޓަލް ސިކުނޑީގެ ސާޖަރީއެއް ކުރާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެ ސާޖަރީއަކީ ރަލުގެ އެޑިކްޝަނަށް ހައްލެއް ހޯދުމަށް ކުރުމުގެ ގޮތުން ކުރާ ސިކުނޑީގެ ސާޖަރީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ ހާއްސަ ރަސްމިއްޔާތަކަށް ކެންޔާއަށް ވަޑައިންނަވާ ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

ޑރ. ޕްލަމާގެ ހޯދުންތަކުގެ ތެރޭގައި އެޗްއައިވީ ފެތުރޭ ގޮތާ މެދު އާ މައުލޫމާތު އާންމުވެގެން ގޮސްފައިވެ އެވެ. އެގޮތުން މައިމީހާގެ ގާތުން ދޭ ކިރުގެ ޒަރިއްޔާއިން ދަރިފުޅަށް އެޗްއައިވީ ވާރުތަވާނެ ކަން އޭނާ ވަނީ ހާމަކޮށްފަ އެވެ. މައި މީހާއަކީ އެޗުއައިވީ ހުރި މީހެއް ނަމަ ކުޑަދަރިފުޅަށް ގާތުން ދިނުމަކީ ގޯސްކަމެއް ކަމަށް އޭނާ ހާމަކުރި އެވެ.

"ފްރޭންކް އަކީ ކެނެޑާގެ އެންމެ ވަރުގަދަ އެއް ސައިންޓިސްޓް. އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާ އެތައް އަހަރެއް ވަންދެއް ދެމި އޮންނާނެ،" ޑރ. ފްރޭންކްގެ ކުރީގެ ދަރިވަރެއް ކަމަށްވާ ޑރ. ކީތު ފޯކީ ބުންޏެވެ.

comment ކޮމެންޓް