ސަންޖޭ ދަތު ރާއްޖޭގައި

ސަންޖޭ އާއި އޭނާގެ އާއިލާ---

ބޮލީވުޑްގެ ކާމިޔާބު ބަތަލު ސަންޖޭ ދަތު އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސަންޖޭ އާއި އޭނާގެ އަންހެނުން މާންޔަތާ ދަތާއި އެ މީހުންގެ އެއްމާބަނޑު ދެ ކުދިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ނަމަވެސް އެ މީހުން ތިބީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް މާންޔަތާ އިންސްޓާކޮށްފައި ހުރި ފޮޓޯތަކުން އެމީހުން ތިބީ ރާއްޖޭގައިކަން ކަށަވަރުވެއެވެ.

މާންޔަތާ އަންނަނީ އެ މީހުން ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ރީތި ފޮޓޯތައް ހިއްސާކުރަމުންނެވެ. މާންޔަތާ އާއި ސަންޖޭ ކައިވެނިކުރީ 2008ގައެވެ.

ސަންޖޭގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މަހޭޝް ބަޓްގެ "ސަޅަކް 2"، ރަންބީރު ކަޕޫރްގެ "ޝަމްޝޭރާ" ހިމެނެއެވެ. މި ފިލްމުތަކުގެ އިތުރުން އޭނާ މިއަހަރު އިތުރު ދެ ފިލްމުން ފެނިގެންދާނެއެވެ.

comment ކޮމެންޓް