އަނެއްކާވެސް އާލިއާއާއި ރަންބީރުގެ ކައިވެނީގެ ވާހަކަތަކެއް

އާލިއާ އަދި ރަންބީރު--

ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމުގައިވާ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަތައް 2018 ވަނަ އަހަރުން ފެށިގެންވެސް އަންނަނީ ދެކެވެމުންނެވެ.

މިދޭތެރެއިން އެ ވާހަކަ ނުދެއްކި ދުވަސްކޮޅެއް އޮތުމަށްފަހު އަނެއްކާވެސް އާލިއާއާއި ރަންބީރުގެ ކައިވެނީގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެން ފަށައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ބޭރުގެ ހަބަރުތައް ރިޕޯޓުކުރީ އެދެތަރިން މި އަހަރު ފަހުކޮޅު ކައިވެނިކުރާނެ ކަމަށެވެ. މިހާރުގެ ރިޕޯޓްތައް ބުނާގޮތުގައި ރަންބީރުއާއި އާލިއާ ކައިވެނީގެ ގޮށް ޖަހާލާނީ އަންނަ ޑިސެމްބަރު މަހުގައި ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އެ ކައިވެނި ޕާޓީ ބާއްވާނީ އިންޑިއާއިން ބޭރުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އާލިއާއާއި ރަންބީރު އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަމާސްތުރާ" ރިލީޒްކުރާނީ ޑިސެމްބަރު ހަތަރެއްގައެވެ. އެ ފިލްމު ރިލީޒްކުރުމަށްފަހު އެދެތަރިންގެ ޝެޑިއުލް މަޑުޖައްސާލުމަށްފަހު ކައިވެނީގެ ކަންތައްތަކާ އުޅޭނެއެވެ.

އާލިއާ ވަނީ ވަރަށް ކުޑަ އިރުން ފެށިގެން ރަންބީރުއަކީ އޭނާގެ "ކްރަޝް"އެއް ކަމަށާއި ރަންބީރާއި ކައިވެނި ކުރުމުގެ ހުވަފެންވެސް ދެނުނުކަމަށް މީގެ ކުރިން ބުނެފައެވެ.

އާލިއާގެ އިތުރުން ރަންބީރުވެސް ވަނީ އާލިއާއާ ގަޔާވާކަމަށް މީގެ ކުރިން އެއްބަސްވެފައެވެ.

comment ކޮމެންޓް