މާމައާ ހަވާލު ކުރި ކުއްޖާ ދައުލަތަށް ނެގުމަށް ވަގުތީ އަމުރެއް ނެރެފި

މުލަކުގައި މާމައާ ކުއްޖާ ހަވާލުކުރުމާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ ..

ތ. ތިމަރަފުށީ ކޯޓުގެ އަމުރަކަށް ފުލުހުން މާމައާ ހަވާލުކުރި އުމުރުން ހަ އަހަރުގެ ކުއްޖާގެ ބެލެނިިވެރިކަން ދައުލަތާ ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެކަން އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެ ތިބި ފަރާތްތަކުން އިހްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހެޅި ކަމަށެވެ.

"މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް،" އެދިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

އެ ކުއްޖާ މާމައާ ހަވާލުކުރަން އުޅުމުން މ. މުލަކު ރައްޔިތުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.

comment ކޮމެންޓް