ސްޓެލްކޯއިން އަންހެން އިލެކްޓްރިޝަނުން ތަމްރީން ކުރަނީ

ސްޓެލްކޯ އިން އަންހެން އިލެކްޓްރިޝަނުން ތަމްރީން ކުރަން މިއަދު ފެށި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން އަންހެން އިލެކްޓްރިޝަނުން ތަމްރީން ކުރަން ފަށައިފި އެެވެ.

ސްޓެލްކޯ އާއި ޓިވެޓް ގުޅިގެން މިއަދު ވަނީ ނޭޝަނަލް ސަރޓިފިކެޓް3 އިން އިލެކްޓްރީޝަން ކޯހުގެ ހަތަރު ވަނަ ބުރު ވަނީ ފަށައިފި އެެވެ.

މީގެ ކުރިން ވެސް ސްޓެލްކޯއިން ވަނީ އަންހެނުންނަށް ހާއްސަކޮށް ބޭސިކް އިލެކްޓްރިޝަން ކޯހެއް ކުރިއަށްގެންގޮސްފަ އެެވެ. ނަމަވެސް މިފަހަރު މިފެށި ކޯހި ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ކޯހެއްކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކޯހުގައި ޖުމްލަ 21 އަންހެނުން ބައިވެރިވެ އެވެ.

ފަނަރަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޯހުގައި ކިޔަވައިދޭނީ ސްޓެލްކޯގެ ފަންނީ ތަޖުރިބާކާރުން ކަަމަ ށްވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯއިން އަންހެން އިލެކްޓްރިޝަނުން ތަމްރީން ކުރަން މިއަދު ފެށި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

ކޯސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އިލެކްޓްރީޝަން ކޯހުގައި 21 އަންހެން ބައިވެރިން ކިޔަވާތަން ފެނުމަކީ ތަރައްގީއަށް ލޯބިކުރާ އެންމެންނަށް ހިތްހަމަ ޖެހުން ގެނެސްދޭ ކަމެއް ކަމަށެވެ.

ކޯހުގެ ބައިވެރިންނާ މުޙާތަބްކުރައްވައި މިނިސްޓަރު ވިދާޅުވީ ކޯސް ހަދަމުންދާއިރު ވެސް އަދި ކޯސް ނިންމާފައި މަސައްކަތުގެ މާހައުލަށް ނުކުތުމުން ވެސް ތަފާތު ގޮންޖެހުންތައް މެދުވެރިވެދާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ވަގުތުތަކުގައި ހިއްވަރު ގަދަކޮށް ދިމާވާ ކޮންމެ ގޮންޖެހުމަކީ ފިލާވަޅެއްކަމުގައި ދެކުމަށް މިނިސްޓަރު ގޮވާލެއްވި އެެވެ.

ސްޓެލްކޯއިން އަންހެން އިލެކްޓްރިޝަނުން ތަމްރީން ކުރަން މިއަދު ފެށި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޓެލްކޯ

"ކާމިޔާބީގެ އަސްލަކީ ނާކާމިޔާބުވުމުން ތިމާ ދެން އަޅާ ފިޔަވަޅު ކަމުގައި ހީކުރާށޭ. އެއްވެސް ކަމެއް ނުކޮށް ހިއްވަރު އެލުވާލައިފި ނަމަ ކުރިއަށްދާން އޮތް މަގު ބަންދުވެގެން ހިނގައިދާނެ. އެހެންކަމުން ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާން ކެރެންވާނެ. ތިމާގެ ކޮމްފޯރޓް ޒޯނުން ނުކުމެ އާ ކަންތައްތައް ތަޖްރިބާ ކުރަން ކެރެންވާނެ." މިނިސްޓަރު ވިދާޅުވި އެެވެ.

comment ކޮމެންޓް