ޓީވީ ބަތަލާ އަދާ ހާންގެ ހިތް ރާއްޖެއަށް ދޫވެއްޖެ

އަދާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--- ފޮޓޯ/ އިންސްޓަގްރާމް

މަގްބޫލު ޓީވީ ބަތަލާ އަދާ ހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކަނޑިމާ މޯލްޑިވްސް ރިސޯޓުގެ ހިތްގައިމު މާހައުލުގަ އެވެ. އަދާ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް އޭނާ ވަނީ، އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފަ އެވެ.

އަދާ އަންނަނީ ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. އޭނާ އިންސްޓަގްރާމްގައި ބުނީ ރާއްޖެ އަކީ ހިތްގައިމު ތަނެއް ކަމަށާއި ރާއްޖެ އަކީ "މައި ކައިންޑް އޮފް ޕްލޭސް" އެއް ކަމަށެވެ.

އަދާ ވަނީ ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކުގައި ހަރަކާތްތެރިވެފަ އެވެ. އޭގެ ތެރޭގައި "ނާގިން"، "ޔޭ ހޭ އާޝިގީ" އަދި "ބެހެނޭ" ގައި ވެސް ހަރަކާތްތެރިވެފަ އެވެ.

comment ކޮމެންޓް