10 މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުންދީފި

ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ މީހުންގެ ގްރޫޕަކުން ކާރަކަށް ގެއްލުންދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 03:41 އެހައިކަންހާއިރު ކަނބާ އައިސާރަނި ހިނގުމުން ދުއްވާފައިދިޔަ ކާރެއް ޓްރެފިކް ބާރު ބޮޑުވެގެން މަޑުކޮށްލި ވަގުތު 10 މީހުންގެ ގްރޫޕަކުން އައިސް ކާރަކަަށް ގެއްލުން ދީފައި ދިޔަކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެެވެ.

އެ ކާރަށް ގެއްލުން ދިން ވަގުތު ކާރު ތެރޭގައި ދެ މީހުން ތިބި ކަމަށާއި އެއިން އެއްވެސް މީހަކަަށް ގެއްލުމެއް ނުލިބޭކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކާރަަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް މިހާރު ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް