ގެއެއްގެ ބެލްކަނި ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ

މިއަދު ބެލްކަނި ވެއްޓުނު ގެ --- ފޮޓޯ: ފުލުހުން

ހެންވޭރު ހުރި ގެއެއްގެ ބެލްކަނި މަގުމައްޗަށް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ ބުނީ ބެލްކަނި ވެއްޓިފައިވަނީ ހެންވޭރު ވައިޖެހޭ މަގުގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ބެލްކަނި ކަމަށެވެ.

މިއަދު ހެނދުނު 11:11 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި ދެ ބިދޭސީން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ދެ މީހުނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިދިޔަ އަހަރުގެ މެދު ތެރޭގައި ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފަ އެވެ. އެ ފަހަރު ވެއްޓުނީ ބެލްކަނީގެ ބެރިއެކެވެ. އެ ހާދިސާގައި މަގުމަތީގައި ތިބި ފަސް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް